ހަވީރުގެ ހިތްގައިމު ވަގުތެވެ. އެއާރޕޯޓް ވަނީ ތޮއްޖެހިފައެވެ. ރާއްޖެއަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ޒިޔާރަތްކުރަމުންދާ މީހުންނެވެ. މާލެއަށް އެކިކަންކަމުގައި އަންނަ ރާއްޖެތެރޭމީހުންނެވެ. އެކިމަންޒިލުތަކަށް ފުރަންދާ ދަތުރުވެރިންނެވެ. ފުރާމީހުން ތިބެން ޙާއްސަކޮށްފައިވާ ބައިގާ ހުރި ގޮނޑިއެއްގައި އިސްކޮޅުންދިގު ޒުވާނަކު އިނެވެ. ކައިރީގައި ހުރި ކޮފީ ޖޯޑުން އެތިއެތިފޮދު ބޮމުން ދޭތެރެ ދޭތެރެއިން ގަޑިއަށް ބަލައިލައެވެ. ހީވަނީ ފޫހިވެގެން އުޅޭހެންނެވެ
ކުއްލިއަކަށް ފުރަން އައިސް ތިބި މީހުން ނިކުންނަ ދޮރާއި ދިމާއަށް ދާންފެށިއެވެ. އެއާއެކު އެ ޒުވާނާވެސް ކޮފީ ތަށި ބެހެއްޓުމަށްފަހު ހިނގައިގަތެވެ. އެމީހުން އަރަންހަމަޖެހިފައިވާ ފުލައިޓު ޖެއްސީއެވެ. އެއީ ގދ. ކާޑެއްދޫއަށް ޝެޑިއުލްކުރެވިފައިވާ ފުލައިޓެކެވެ. އެންމެއަރައި ނިމުމާއި އެކުހެން ފުލައިޓު ނައްޓައި ލާފިއެވެ. މުޅި ބޯޓް ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
ބޯޓުގެ ކުޑަދޮރެއްގެ ކައިރީ އެއްކަލަ ޒުވާނާ އިއްތާލައި އިނެވެ. ކައިރީގައި ޒުވާންފުރައިގެ އަންހެންކުއްޖަކުވެސް އިނެވެ. އިރުއިރުކޮޅުން އެކުއްޖާ އެޒުވާނާއަށް ބަލައިލައެވެ. ނަމަވެސް އެޒުވާނާގެ ކަޅިހުއްޓިފައިވަނީ ބޭރުން ފެންނަމަންޒަރުތަކަށެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ދުވަހަކުވެސް މިގޮތަށް ދަތުރެއް ކޮއްފައިވާހެންނެއް ހިޔެއްނުވެއެވެ.
"ހުރިހާ ބޭފުޅުންގެވެސް ސަމާލުކަމަށް! މޫސުން ގޯސްވަމުން ދާކަމަށް މައުލޫމާތު ލިބޭ! ފަހަރުގައި ކުޑަކޮށް ބޯޓްހަލުވައިގޮތް ވުމަކީވެސް އެކަށީގެންވާކަމެއް" އެޒުވާނާ ސިއްސައިގެން ދިޔައީ ބޯޓްގެ ފަޅުވެރިއެއްގެ އަޑަށެވެ. ކުއްލިއަކަށް ބޯޓްތެރެ ހަލަބޮލިވާންފެށިއެވެ. އެއާއެކު ކުދިންގެ ރުއިމުގެ އަޑުވެސް ގަދަވާންފެށިއެވެ. ހިނދެން ހިނދަކަށް ބޯޓްގެ ހެލުވުންވެސް ދިޔައީ ގަދަވަމުންނެވެ. އެޒުވާނާ ވެސް ބިރުން އުޅޭހެން ހީވެއެވެ. އޭނާގެ އަތްވަނީ މުއްކެވިފައެވެ. އަނގައިން އެއްޗެއްކިޔައިހެން ވެސް ހީވެއެވެ. ކިޔާއެއްޗެއްސާފެއްނުވެއެވެ.
"ކޮންނަމެއްތަ ކިޔަނީ؟ ވަރަށް ބިރުންއުޅެހެން އެބަ ހީވޭ" ޝިބާ ވާހަކަ ދެއްކިއެވެ. "އަހަ..އަހަރެންނަށް ކިޔަނީ ފަޔާޒް. ތި ކޮންކުއްޖެއްތަ؟" އެޒުވާނާ ބިރުންހުރެ ޖަވާބުދިނެވެ. "ހޫމް .. މީ ޝިބާ. ރައްޓެހިން ޝެބީވެސް ކިޔާ... އަހަރެން ފަޔާ ކިޔަސް އެންމެ ރަނގަޅުދޯ؟.. ފަޔާއަށް އެހީއެއް ވެދެންތަ ތިހާ ބިރުން އުޅެންޏާ؟ އެހެރީވިއްޔަ ގެނާ ކާއެއްޗެހިވެސް ހުރިގޮތަށް.. " ޝިބާ މަޖާވެލިއެވެ. ފަޔާޒް ޝިބާއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ފަޔާޒަށް ޝިބާގެ މޫނުފެނުނެވެ. ޤުދުރަތުން ދެއްވާފައިވާ ރީތި ދެލޮލެވެ. ވިހުރެމުންދާ ކަޅުކުލައިގެ ފަންއިސްތަށިގަނޑުން ބައެއް އެރީތި ދޮންމޫނަށް އެޅިފައިވާއިރު ހީވަނީ ކަޅުވިލާގަނޑެއް ސާދަވިލޭރޭގެ ހަނދު ނިވާކުރަމުންދާހެންނެވެ. އެހާވެސް އަސަރުގަދަ މޫނެކެވެ.
އޭތް! ކީއްވެފަތަ ތިއިނީ ބުދެއްހެން؟ ދެންވެސް ތިހެން ނީނދެ މިކާބަލަ! " ފަޔާޒް ސިއްސައިގެންދިޔައީ ޝިބާގެ ހުނުމުގެއަޑަށެވެ. "ކަމެއްނުވެ. ހަމަ އިނދެވުނީ" ފަޔާޒް ނުގޮތަކަށް ބުނެލިއެވެ. ޝިބާ ފަޔާޒަށް ކާންލަވަލަ ދިނެވެ. "ކީއްކުރަންތަ އަސްލު އަހަރެމެންގެ ރަށަށް ތިދަނީ؟" ޝިބާ ސުވާލެއްކޮއްލިއެވެ. "އަސްލުވެސް އެ ޝެބީގެ ރަށްތަ؟ މިދަނީ އޮފީސްދަތުރެއްގަ. މަހެއްވަރު ތިކޮޅުގަ މަޑުކުރަން ހަމަޖެހިފައޮތީ" ފަޔާޒް ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. އޭނާގެ އުއްމީދުތަށް ހަޤީގަތަކަށް ވެދާނެކަމަށް އޭނާގެ ހިތްބުނަމުންދިޔައެވެ. "ކޮންތާކުތަ ހުންނަނީ؟ އަހަރެމެން ގޭގަވެސް ތިގޮތަށް އަންނަ މީހުން ތިބޭ." ޝިބާ ބުނެލިއެވެ. "ނޭނގެ!
ކޮންނަމެއް ކިޔާ ގެއެއްކަމެއްވެސް..ދިޔާމަ އެނގޭނީ. ދެވޭއިރަށް ބަލާއައިސް ހުންނާނެ." ފަޔާޒް ޖަވާބުދިނެވެ.
"އެސްކިޔުސްމީ! ކީއްވެ ދެމީހުން ނުފައިބާ ތިއިނީ؟" ފަޅުވެރިއެއް އައިސް ދެމީހުންގެ ކައިރީ މަޑުކޮއްލިއެވެ. ދެމީހުންވެސް ސިއްސައިގެން ގެންގޮސް މުޅިތަންހޯދައިލިއެވެ. އެއިރު އެދެމީހުނާއި ފަޅުވެރިންފިޔަވައި އެބޯޓުގައި އެކަކުވެސް ނެތެވެ. " ސޮރީ!
އަހަރެމެންނަށް ނޭގުނީ.ދޯ ފަޔާ" ލަދުގަނެފައި ހުރިގޮތަކަށް ޝިބާ ބުނެލިއެވެ.
އަވަސް އަވަހަށް ފުލައިޓުން ފައިބާގެން ދެޒުވާނުންވެސް ދިޔައީ ނިކުންނާށެވެ. އެތަނުން ޝިބާގެ ރައްޓެހިކުދިންތަކެއް އައިސްގެން އޭނާ ގޮސްފިއެވެ. ދަމުން އޭނާގެ ގެއަށް ދިޔުމަށް އެދުނެވެ. ގޭގެ ނަންލިޔެފައި އޮތް ކަރުދާސްކޮޅެއްވެސް ފަޔާޒްގެ އަތަށް ދިނެވެ. އަވަސްއަވަހަށް އޭނާ ގޭގެ ނަންބަލައިލިއެވެ. އެއީ ހަނީމޫން ކިޔާ ގެއެކެވެ.
ގެންދާނެ މާގިނަ އެއްޗެއްނެތުމުން އެތާ މަޑުކުރާކަށް ނުޖެހުނެވެ. އެއާރޕޯޓުން ނިކުންނަ ދޮރުކައިރީ މީހުންގަނޑު އެއްވެފައި އޮތެވެ. މީހުންގަނޑު ފަޅަމުން އޭނާ ނިކުތްއިރު ހުދުކުލައިގެ ކާރެއް އައިސް ދޮރު ކައިރިއަށް މަޑުކޮއްލިއެވެ. ކާރުން ފޭބީ މެދު އުމުރެއްގެ މީހެކެވެ. "ފަޔާޒްތަ ތީ؟" އެމީހާ ސުވާލެއްކޮއްލިއެވެ. "ލައްބަ! ތި ކާކުތޯ؟" ފަޔާޒު އެއްސެވެ. "މިއައީ އޮފީހުން އަންގައިގެން ތިބޭފުޅާ ބަލައި" އެމީހާ ޖަވާބުދިނެވެ. ފަޔާޒް އެމީހާ އާއެކު ކާރަށްއެރިއެވެ.
އިރުކޮޅެއްނުވެ ކާރުގޮސް ގެއެއްގެ ދޮރޯށި ކައިރިއަށް މަޑުކޮށްލިއެވެ. ވަރަށް ރީއްޗަށް ހަދައިފާވާ ގެއެކެވެ.ދެފަރާތުގައި ބޮޑު ދެބަގީޗާ އޮތެވެ. މެދުކެނޑުމެއްނެތި އެކިވައްތަރުގެ ދޫނިތައް ގޮވާއަޑު އިވެމުންދެއެވެ "މިއީ ތިބޭފުޅާ ހުންނަން ހަމަޖެހިފައިވާ ގޭ. ކަމަކަށް ބޭނުންވެއްޖެންޔާ ގުޅާލާ.. މިއޮތީ ނަމްބަރު" އެމީހާ ނަމްބަރެއް ނޯޓްކޮއްލުމަށް ފަހު ފަޔާޒުގެ އަތަށްދިނެވެ. ވަރުބަލިވެފައިހުރިވަރުން އަވަސް އަވަހަށް ކާރުންފައިބާގެން އޭނާ އެގެއަށް ވަނެވެ.
"އައްސަލާމް ޢަލައިކުމް" ފަޔާޒު ސަލާމްގޮވާލިއެވެ. "ވަޢަލައިކުމުއްސަލާމް" މެދުއުމުރެއްގެ މީހަކު ސަލާމްބަލައިގަތެވެ. "ތީތައެކުއްޖަކީ އާދޭ އެތެރެއަށް" އެމީހާ އިތުރަށް ބުންޏެވެ. ފަޔާޒު އެތެރެއަށްވަދެ އެމީހާއާއެކު އޭނާގެ ކޮޓަރިއަށް ދިޔައެވެ. ވަރަށް ރީތި ބޮޑުކޮޓަރިއެކެވެ. މަޑު ނޫކުލައެއްލާފައިވާ އެކޮޓަރީގައި ދުވަނީ ވަރަށް ހިތްގައިމުވަހެކެވެ. "މިއީ ކޮޓަރި.. މިއޮތީ ތަޅުދަނޑި" ތަޅުދަނޑި ދީފައި އެމީހާ ހިނގައިގަތެވެ.
ވަރުބަލިފިލުވާލުމަށްޓަކައި އެނދުގައި ޖައްސާލިއެވެ. އޭނާއަކަށް ނުނިދުނެވެ. ހިތުގައިވަނި ޝިބާގެ ހަނދާންތަކެވެ. މިޙިޔާލުތަކުގައި އޮވެފައި އޭނާ ދިޔައީ އޮފީހަށް ދިޔުމަށް ތައްޔާރުވާށެވެ. ޝިބާގެ ގެހޯދަން ދާށާވެސް އެކުއެވެ. މިހާރު ރޭގަނޑު އަށެއްވެސް ޖަހަނީއެވެ. އަދިވެސް އެއުޅެނީ ނުކައެވެ. އެހެންކަމުން އަވަސްއަވަހަށް ތައްޔާރުވެލައިގެން އޭނާ ދިޔައީ ކާށެވެ. ކާނިމިގެން ސިޓިންރޫމަށް އޭނާވަނެއެވެ. އޭނާ ހުއްޓުންއެރިއެވެ. ވާނީވެސް އެހެންނެވެ. އެފޮޓޯގައި އެއިނީ ދެވަނައެހެން އިންސާނެއްނޫނެވެ. އެއީ ޝިބާއެވެ. އޭނާ އެފޮޓޯއަށް ބަލަހައްޓައިގެން ހުއްޓައި އެގޭގެ މީހާ އައިސް ވާހަކަ ދައްކަންފެށިއެވެ. "އަދި ކޮއްކައަކަށް ނޭނގޭނެ ދޯ؟ ތީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު.. އޭނާވެސް މިރަށަށް އައީ މިއަދު. ވެއްޖެ ކޮޓަރީގަ... އަދި ނޭނގޭނެ މިގޭގައި އިތުރު މީހަކު އުޅޭކަމެއް.. ވަރަށް މީހުންނާ ގުޅޭނެ" އެރުވެސް ފަޔާޒަށް ހުރެވުނި ހުއްޓުން އަރާފައެވެ. އޮފީހަށް ދާން އުޅެފައިވެސް ނުދިޔައީ ދާހިތްނެތުނީމައެވެ. އޭނާގެ ހިތްއެދެނީ ޝިބާއާ ބައްދަލުވާސެވެ. ޝިބާގެ ހަނދާންތަކުގައި އޮއްވައި އޭނާއަށް ނިދުނެވެ.
ހެނދުނު ހޭލެވުނީ އޮފީހުން ގުލީމައެޗވެ. އަވަހަށޤ ތައްޔާރުވެލައިގެން ކުޑަގޮތަކަށް ކާލުމައްފަހު އޮފީހަށް ދިތޔުމަށްތަކައި އޭނާގެއިންނުކުތެވެ. ޝިބާ ބަގީޗާށގަސްތަކަށް ފެންދޭންހުއްތެވެ. ކުއްލިއަކަށް ފަޔާޒް ފެނުމުން އޭނާ ގަނދުވިކަހަލައެވެ. "އޭފަޔާ. މިގޭގަތާ ހުންނަނި.. އަދިނުވެސް އެނގޭ" އޭނާ ހައިރަަންވެފައި ބުންޔވެސެ."އާނ! މިވަގުތު ހުރެވޭކަށް ނެތް މިދަނީ އޮފީހަށް.. ފަހުން ބައްދަލުވާނި ދޯ" ފަޔާޒު ހިނގައިގަތެވެ.
އެދުހުގެ ފަހުން ކޮންމެ ދުވަހަކު ވެސް ދެމީހުން އެކީގައި ވަގުތުތަށް ހޭދަކުރެއެވެ. ބަގީޗާގައެވެ. ނަމަވެސް މިހާރު ދެމީހުންއެކުގައި މަދުމަދުން ބޭރަށްވެސް ދެއެވެ. ހެނދުނު ހޭލާއިރަށް ޝިބާ ކޮފީވެސްގެނެސްދެއެވެ. އޮފީހަށްދާންވެސްގޮވައެވެ. މިގުޅުންވަރުގަދަވަމުންދިޔައެވެ. އަދި ޝިބާވެސް އޭނާ ލޯބިވާކަން ހާމަކުރިއެވެ.މިގޮތަށް އުޅެނިކޮށް ޝިބާގެ މަންމަވެސް މިކަންއެނގުނެވެ. ވަރަށްޤަބޫލެވެ. ނަމަވެސް އެމީހުން އެންމެ ދެރަވަނީ ފަޔާޒަށް ދާންޖެހޭތީއެވެ. ފަޔާޒު ނިންމީ އެރަށުގައި ޝިބާއާ ކައިވެނިކޮއްގެން އުޅުމަށެވެ. އޭނާގެ އައިލާއެއްވެސް ނެތުނީމައެވެ. މަންމައާބައްޕަވެސް ވީމަރުވެފައެވެ. އެހެންކަމުން އޭނާ އެއޮފީހުގެ އެރަށު ގޮތްޕަށް ބަދަލުވިއެވެ. އަދި ވަރަށްކުލަގަދަކޮއް ކައިވެނި ކޮށް ޝިބާ އާއެކު މުޅިން އާ ސަފުހާތަކެއްފެއްޓިއެވެ. ދުވަހަކުވެސް ވަކިނުވުމަށް ވައުދުވަމުންނެވެ.
0 comments :
Post a Comment